ބަރަހަނާ ފޮޓޯތަކެއް ލީކުވެގެން އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ފޮޓޯތަކެއް ލީކުވި މައްސަލައިގަ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ. ފުލުހުން ވަނީ މީޑިއާގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައި އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވ...

26 Feb 2017 | 20:32

ބަރަހަނާ ފޮޓޯތަކެއް ލީކުވި މައްސަލައިގަ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުން ވަނީ މީޑިއާގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައި އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގަ ވަޒީފާއިން ވަކި ކުރީ ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރާ ކޯޕްރަލް އެކެވެ. އެ ފޮޓޯތައް ލީކުވެފައިވަނީ އެ ތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެ އެވެ.

ބަރަހަނާ ވީޑިއޯއެއް އާންމުވި މައްސަލައިގަ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލ. ގަމު ޕޮލިސް ސްޓޭޝަންގެ އިންޗާޖުވެސް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް