ޕާކިސްތާނުގައި އަންހެނަކު އޭނާގެ ފިރިމީހާ ކަތިލީ ފިރިހެން ދަރިފުޅުގެ އެހީގައި – ބުނީ އެ ފިރިހެން މީހާއަކީ ސައިތޯނެއް ކަމަށް

މިއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ ޕަންޖާބުގެ ވިހާރީ ސިޓީގައި ހިނގާދިޔަ ހާދިސާއެކެވެ. ވިހާރީ ފުލުހުންނަށް ހުކުރު ދުވަހުގެ ހެނދުނު ރިޕޯޓެއް ލިބެނީ އެ ސިޓީގެ 88 ނަމްބަރު ސަރަ...

27 Jan 2025 | 17:35

މިއީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޕާކިސްތާނުގެ ޕަންޖާބުގެ ވިހާރީ ސިޓީގައި ހިނގާދިޔަ ހާދިސާއެކެވެ.

ވިހާރީ ފުލުހުންނަށް ހުކުރު ދުވަހުގެ ހެނދުނު ރިޕޯޓެއް ލިބެނީ އެ ސިޓީގެ 88 ނަމްބަރު ސަރަހައްދުގައި ތާހިރު ނަމަކަށްކިޔާ މީހަކު ރަހުމްކުޑަކޮށް މަރާލާފައި ހުއްޓާ ފެނުނުކަމުގެ ރިޕޯޓެވެ.

އެބުނާ ތާހިރަކީ އެ ސަރަހައްދުގައި ގެރިމަސް، ކުކުޅު މަސް ފަދަ ތަކެތި ކޮށައި އެތަކެތީގެ ވިޔަފާރި އެ ސަރަހައްދުގައި ކުރުމަށް މަޝްހޫރު މީހެކެވެ.

ފުލުހުން ދިޔައިރު ތާހިރުގެ ވިޔަފާރި އައްޑާގެ ހޮޅިދަނޑިއެއްގައި ތާހިރު ބަނދެފައި ހުރި އިރު ތާހިރު ހުރީ ކަތިލައިފައެވެ. ހަށިގަނޑުގެ އެތަން މިތަނަށް އެތައް ހަމަލާއެއް ދީފައެވެ.

ފުލުހުން ތަހުގީގު ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ތުހުމަތުގައި އެންމެ ފުރަތަމަވެސް ހައްޔަރުކުރީ ތާހިރުގެ އަންހެނުންނެވެ. އަދި ތާހިރާއި ތާހިރުގެ އަންހެނުންގެ ދޮށީ ފިރިހެން ދަރިފުޅެވެ. އެ ކުއްޖާއަށް ވާނީ 15 އަހަރު ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ތަހުގީގުގައި ތާހިރު އަންހެނުން ބުނެފައިވަނީ ނަމަކަށް ތާހިރު ކިޔަސް އެއީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް ކަމަށެވެ. ޖިންސީ އެދުން ފުއްދުމަށް އެ ދެމަފިރިންގެ އަންހެން ދަރިން އެ ދެމަފިރިންނާއެކު ބޭނުންކޮށް އަދި އެކަން ހުއްޓުވުމަށް ބާރު އެޅުމުން ތާހިރުގެ އަންހެނުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކައި އެތައް ދުވަހެއް ވަންދެން އެކަމެއް ކުރިއަށްގެންދިޔަކަމަށް ތާހިރުގެ އަންހެނުން ބުނެފައިވެއެވެ.

އަދި ތާހިރަކީ އެ ސަރަހައްދުގައި ނުފޫޒު ގަދަ މީހަކަށް ވެފައި ފުލުހަށް މައްސަލަ ޖެއްސިޔަސް ވާނެކަމެއް ނޯންނާނެކަމަށް ގަބޫލުކުރެވޭތީ ފިރިހެން ދަރިފުޅުގެ އެހީތެރިކަން ހޯދައި ފަސް އަންހެން ދަރީން އެ ނުބައި ނުލަފާ ޖައްބާރުގެ ކިބައިން ސަލާމަތްކުރީ ކަމަށްވެސް ތާހިރުގެ އަންހެނުން ތަހުގީގުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ ވިހާރީ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް