ކުޅުދޫފުށީގައި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ޕިކަޕް ދުއްވަނިކޮށް އެރަށު އެއާރޕޯޓުގެ ފެންސަށް އަރައި ގެއްލުން ތަކެއް ލިބިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.
މިކަން ފުލުހުންގެ ސަމާލުކަމަށް އައިސް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ ތަހުގީގުން މިހާތަނަށް ބެލިބެލުމަށް އެ ޕިކަޕު ދުއްވީ18 އަހަރު ނުުފުރޭ ކުޑަ ކުއްޖެއް ކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ޕިކަޕު ޓޯކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް