ޝިލްޕާ ރާއްޖެ އައިސް ހަޔާތުގައި އަލަށް ތިން ކަމެއް ކޮށްފި

ރާއްޖޭގައި މިހާރު ހޭދަކުރަމުން އަންނަ ޗުއްޓީގައި ހަޔާތުގައި މުޅިން އަލަށް ތިން ކަމެއް ކުރެވިފައިވާކަމަށް މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ ބުނެފިއެވެ. އޭނާގެ އިންސްޓްގްރާމް އެކައުންޓްގައި މިއަދުކޮށްފައ...

27 Jan 2025 | 14:13

ރާއްޖޭގައި މިހާރު ހޭދަކުރަމުން އަންނަ ޗުއްޓީގައި ހަޔާތުގައި މުޅިން އަލަށް ތިން ކަމެއް ކުރެވިފައިވާކަމަށް މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ ބުނެފިއެވެ.

އޭނާގެ އިންސްޓްގްރާމް އެކައުންޓްގައި މިއަދުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދަކީ ހަޔާތުގައި މުޅިން އާ ކަންކަން ކުރެވޭ ދުވަހެއް ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކަށް ޝިލްޕާ ފާހަގަކޮށްފައިވަނީ ޖެޓްސްކީ ދުއްވުމެވެ. އޭނާ ބުނެފައިވަނީ އޭނާއަކީ ހަމަބިމުގައިވެސް އުޅަނދެއް ދުއްވާ މީހެއް ނޫން ކަމަށާއި ދުއްވުމަކީ އޭނާއަށް "ފޯބިއާ" އެއް ކަމަށެވެ. ނަމަވެސް މިއަދު ފިރިމީހާ، ރާޖް ކުންދުރާގެ އިންސްޓްރަކްޝަންސްގެ ދަށުން ޖެޓްސްކީ ދުއްވިއްޖެކަމަށް ބުނެފައިވެއެވެ.

ޝިލްޕާ ބުނެފައިވާގޮތުގައި ދެވަނަ ކަމަކީ ސަބްމެރީނެއްގައި މޫދު އަޑި ބަލައިލަން ދިއުމެވެ. އަދި ތިންވަނަ ކަމަކީ ސޫޝީ ތައްޔާރުކުރާ ކުލާހެއްގައި ބައިވެރިވެވުން ކަމަށްވެސް ބުނެފައިވެއެވެ.

ޝިލްޕާ އާއިލާއާއެކު ރައްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާ އޮޅަހަލި އައިލެންޑް ރިސޯޓުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް