ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ލ. ގަމުގައި ފެން ބޮޑުވެގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މަގުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު ރާއްޖޭގެ މޫސުން ގޯސްކަމަށް ބަލައި މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް