ތިނަދޫ ސިޓީ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށްފިއެވެ.
އެ ކައުންސިލުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭސީސީގެ ނަމުގައި އައި ބަޔަކު އެ ކައުންސިލުގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާކަމަށެވެ.
"މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަން" އެ ކައުންސިލުން ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިއަދު ހުށަހެޅިފައިވީނަމަވެސް އެފަދަ ކަމެއް ހިނގާފައިވާކަމަށް މިހާތަނަށް ބެލި ބެލުމުން ނުބެލެވޭ ކަމަށެވެ.
އޭސީސީއިން މިކަމާއި ގުޅޭގޮތުން ރަސްމީ ކޮމެންޓެއް ކޮށްފައިނުވިނަމަވެސް ބައެއް މީޑިއާތަކަށް އޭސީސީގެ ބައެއް އިސްވެރިން ދީފައިވާ މައުލޫމާތަށް ބަލާއިރު އޭސީސީއިން އެ ކައުންސިލަށް ވަނީ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތަކެއްގެ ތަހުގީގަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލަތަކަކީ އެ ސިޓީގެ ރައްޔިތުން އެ ކައުންސިލުގެ ބައެއް ކައުންސިލަރުންގެ މައްޗަށް ތުހުމަތުކުރާ، ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް