ގްލޯބްޓެބް އިންވެސްޓްމެންޓްގެ ފަރާތުން "ދަ މާކެޓަރސް ސަމިޓް"ގެ ދެވަނަ އެޑިޝަން ބާއްވަނީ

ގްލޯބްޓެބް އިންވެސްޓްމެންޓްގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް 2023ވަނަ އަހަރު ފެށި "ދަ މާކެޓަރސް ސަމިޓް"ގެ ކާމިޔާބީއާއިއެކު އެސަމިޓުގެ ދެވަނަ އެޑިޝަން ބާއްވާނެކަން އިޢުލާނުކޮށް މަސައްކަތް ފަށަ...

27 Jan 2024 | 18:48

ގްލޯބްޓެބް އިންވެސްޓްމެންޓްގެ ފަރާތުން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް 2023ވަނަ އަހަރު ފެށި "ދަ މާކެޓަރސް ސަމިޓް"ގެ ކާމިޔާބީއާއިއެކު އެސަމިޓުގެ ދެވަނަ އެޑިޝަން ބާއްވާނެކަން އިޢުލާނުކޮށް މަސައްކަތް ފަށައިފިއެވެ.

ދިވެހިރާއްޖޭގައި އުފެދިފައިވާ އެންމެހައި ވިޔަފާރީތަކުގެ މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އަމާޒުކޮށްގެން މިސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހު 23 އަދި 24ވަނަ ދުވަހު އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މަސްނުއީ ތޫނުފިލިކަމާއިއެކެ (އާރޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ދުނިޔޭގެ އެކިއެކި ދާއިރާތަކުން އަންނަނީ ތަފާތު ކުރިއެރުންތައް ހޯދަމަނުންނެވެ. އެހެންކަމުން މިއަހަރުގެ ސަމިޓުގެ ޝިޔާރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "މަސްނުއީ ތޫނުފިލިކަމާއިއެކެ މާކެޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަށް" މިޝިޔާރުކަމަށް ސަމިޓްގެ އޯގަނައިޒިންގް ޓީމުންވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ސަމިޓު އިތުރަށް ފުރިހަމަކަމާއިއެކު ބޭއްވުމަށް ސްޓްރެޓެޖީކް ޕާރޓްނަރގެ ގޮތުގައި ޗޮޕްއާރޓް އާއި ވަނީ ގުޅިފައެވެ. އެނގިވަޑައިންނަވާނެ ފަދައިން ޗޮޕްއާރޓްއަކީ މާކެޓިންގ އެންޑް އިވެންޓް މެނޭޖްމަންޓްގެ ދާއިރާގައި އެންމެ އުހުގައި ފާހަގަ ކޮއްލެވޭ އިވެންޓް އޯގަނައިޒަރއެކެވެ. އެހެންކަމުން މިސަމިޓުގައި މާކެޓިންގ ދާއިރާގެ އެންމެފަހުގެ އަދާހަމަކުރުންތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބޭނުންކުރަމުން އަންނަ ތަފާތުއެކި ސްޓްރެޓަޖީ އަދި ޓޫލްސްތައް ވަރަށް ފުރިހަމައަށް ފެނިގެންދާނެކަމުގައި ސަމިޓުގެ އޯގަނައިޒިންގް ޓީމުންވިދާޅުވިއެވެ.

ދެދުވަހަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ މިސަމިޓުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަންސް އަދި މިދާއިރާއަށް ގުޅުންހުރި އެކިއެކި ޕްރެކްޓިކަލް ސެޝަންތަކެށް ހަމައެހެންމެ ވޯރކޮޝްޕް އެކްޓިވިޓީސްތަކެއް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މިސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ 10 ތަޖުރިބާކާރުންގެ ތެރޭގައި މާކެޓިންގްގެ ދާއިރާގައި 18 އަހަރު ދުވަހުގެ ތަޖުރިބާއާއިއެކު ކީނޯޓް ސްޕީކަރގެ ގޮތުގައި ޑރ.ރޮހާންތަ އަތުކޮރުލަގެ އިތުރުން ސްރީ ލަންކާގެ މަޝްހޫރު އިންފްލުއެންސަރއެއް ކަމަށްވާ ލޮޗާނާ ޖަޔަކޮޑީ، ލެންގުއޭޖް ސްޕެޝަލިސްޓްއެއް ކަމުގައިވާ މޮރޮކޯގެ ބެންޒީނާ ކަޢުޘަރުގެ އިތުރުން ތަޖުރިބަކާރު އިކޯ-ވޯރިއަރއެއް ކަމަށްވާ ޔޫ.އޭ.އީގެ ސިންތިޔާ މައެކްވެސް މިސަމިޓުގައި ވާހަކަފުޅު ދައްކަވާނެއެވެ.

ދަ މާކެޓަރސް ސަމިޓް 2024ގައި ބައިވެރިވުމަށް ނުވަތަ ޕާރޓްނަރވުމަށް އެދިލައްވާ ފަރާތްތަކުން ދަ މާކެޓަރސް ސަމިޓްގެ ހޮޓްލައިން 7600114 އަށް ގުޅާލެއްވުމުން ނުވަތަ [email protected] މެއިލް ކުރެއްވުމުން އެކަމާބެހޭ މަޢުޟޫމާތު ލިބިގެންދާނެއެވެ.

ސަމިޓުގެ ސްޕީކަރުންނާއި އެހެނިހެން މަޢުލޫމާތު ހޯއްދެވުމުށް ދަ މާކެޓަރސް ސަމިޓްގެ ވެބްސައިޓް https://marketerssummit.org އަށް ޒިޔާރަތްކޮށްލައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް