ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ގެއެއްގެ ކޮޓަރިއެއްގެތެރޭގައި ...

27 Jan 2024 | 18:37

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ގެއެއްގެ ކޮޓަރިއެއްގެތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާއަކީ ޑަކުޓަރަށް ދެއްކުމަށް މާލެ އައިސް ހުރި މީހެއް ކަމަށާއި ފުލުހުން ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލީ އެމީހާގެ ހަބަރެއް ނުވާކަމަށް މިރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ގަލޮޅު ނިކަގަސްމަގުގައި ހުރި ގެއެއްގައި އުޅެމުންދިޔަ އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް