ރަކީދޫ ގޮނޑި ކޮންގްރެސް އިން ކާމިޔާބުކޮށްފި

ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ކޮންގްރެސްގެ ކެނޑިޑޭޓް ޢަބްދުއްރައްޒާޤް އާދަމް ކާމިޔާބު ކުރައްވައިފިއެވެ. ޢަބްދުއްރައްޒާޤް ގޮނޑި ކާމިޔާބ...

27 Jan 2024 | 14:37

ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ކޮންގްރެސްގެ ކެނޑިޑޭޓް ޢަބްދުއްރައްޒާޤް އާދަމް ކާމިޔާބު ކުރައްވައިފިއެވެ.

ޢަބްދުއްރައްޒާޤް ގޮނޑި ކާމިޔާބުކުރައްވާފައިވަނީ 99 ވޯޓާއެކުއެވެ. އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި ކެނޑިޑޭޓު އާދަމް ސާމީއަށް ލިބިވަޑައިގެންފައިވަނީ 81 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 281 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ %65.48 މީހުންނެވެ.

ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ދަރުބާރުގެ އަދި ވ.ރަކީދޫ ސްކޫލްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް