ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.
3 ފެބްރުވަރީ 2024 ވާ ހޮނިހިރު ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ދާއިމީ ވޯޓާސް ލިސްޓާއި އެ މެމްބަރުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ރަށާއެކު އާއްމުކޮށްފައިވަނީ އެމްޑީޕީގެ ވެބްސައިޓުގައެވެ.
ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 36 ދާއިރާއަކުން ޕްރައިމަރީއަކާ ނުލާ ކެންޑިޑޭޓުން ވަނީ ޓިކެޓު ޔަޤީންވެފައެވެ. އެމްޑީޕީން އާންމުކުރި ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ 17 މާޗު 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އިތުރު 6 ދާއިރާއާއެކު މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް