ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފިއެވެ. ރައީސް ނަޝީދު ކައިވެނި ބައްލަވައިގަތީ ޔުމްނާ ރުޝްދީއާއެވެ. ޔުމްނާއަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިޙް ރު...

27 Jan 2024 | 13:52

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފިއެވެ.

ރައީސް ނަޝީދު ކައިވެނި ބައްލަވައިގަތީ ޔުމްނާ ރުޝްދީއާއެވެ. ޔުމްނާއަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިޙް ރުޝްދީއަށް މުނިކާފަ ވިދާޅުވާ ބޭފުޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބޭފުޅުން ކައިވެނި ބައްލަވައިގަތީ އަވަށްޓެރި ސްރީލަންކާގައި އިއްޔެއެވެ.

ރައީސް ނަޝީދު ކުރިން ކައިވެނި ބައްލަވައިގެން އުޅުއްވީ ލައިލާ އަބްދުﷲ އާއެވެ. އެ ކައިވެނި މީގެ ދެތިން އަހަރު ކުރިން ރޫޅިފައިވާއިރު، އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް