ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފި

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ބައެއް ވޯޓުފޮށިތައް ބަންދުކޮށްފިއެވެ. ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ބައެއް ވޯޓު ފޮށިތައް ބަންދުކ...

27 Jan 2024 | 13:00

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ބައެއް ވޯޓުފޮށިތައް ބަންދުކޮށްފިއެވެ.

ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފައިވާކަމަށާއި އަދި ބައެއް ފޮށިތަކުގެ ވޯޓުލުން އަދިވެސް ކުރިއަށްދާކަމަށެވެ.

މިއަދު ހެނދުނު 10 ޖެހި އިރު ވޯޓުލުން ފަށާފައިވާއިރު، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 71،597 މީހުންނަށް ލިބިގެންވެއެވެ.

މި އިންތިހާބުގައި 73 ދާއިރާއަކުން 283 ކެނޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އަތޮޅުތަކުގެ ފޮށިތައް މާލޭގައި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ. ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތު ސެންޓަރ، ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައިވެސް ވޯޓު ފޮށިތައް ބަހައްޓާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް