މިއަދު ކުރިއަށްދާ ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި 3 ޖެހުމާ ހަމައަށް %59.07 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 3 ޖެހުމާ ހަމައަށް ޖުމްލަ 166 މީހުން ވޯޓު ލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެނުން އަދި 77 އަންހެނުން ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 232 މީހަކަށެވެ.
ވޯޓު ލުން މިއަދު ހެނދުނު 8 ޖެހި އިރު ފަށާފައިވާއިރު، ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4 ޖެހުމާ ހަމައަށް ކަމަށް އީސީން މައުލޫމާތުދެއެވެ.
ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ވޯޓު ފޮށި ބަހައްޓާފައިވަނީ ދަރުބާރުގެ އަދި ވ.ރަކީދޫ ސްކޫލްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް