ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގެ ދަރިވަރުންނަށް ކ.ހުރާގައި ހިންގަމުންދާ ކޭމްޕްގައި (މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް) އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ކޭމްޕުގައި އެމްއެންޑީއެފް މާލޭ އޭރިއާއިން ވަނީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ފަޔަރ އެވެއަރނަސް ކުލާހަކާއި، ފަސްޓް އެއިޑް އެވެއަރނަސް ކުލާހެއްގެ އިތުރުން، ސްވިމިންގ ޕްރޮގްރާމެއް ހިންގާފައެވެ.
އިއްޔެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ހިންގި މި ކުލާސްތަކުގައި ފިޔަވަތީގެ 32 ފިރިހެން ކުދިންނާއި 20 އަންހެން ކުދިންނާއެކު ޖުމްލަ 52 ކުދިން ބައިވެރިވިއެވެ. މި ކުލާސްތަކުގައި ކިޔަވާދީފައިވަނީ އެ ދާއިރާތަކުން ތައުލީމާއި ތަމްރީނު ހޯދާފައިވާ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.
ފިޔަވަތީގެ އެދުމުގެ މަތިން ހިންގި މި ކުލާސްތައް ކުރިއަށްދިޔައިރު އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް