ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 10 ޖެހި އިރު ވޯޓުލުން ފަށާފައިވާއިރު، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 71،597 މީހުންނަށް ލިބިގެންވެއެވެ.
މި އިންތިހާބުގައި 73 ދާއިރާއަކުން 283 ކެނޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
އަތޮޅުތަކުގެ ފޮށިތައް މާލޭގައި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ. ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތު ސެންޓަރ، ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައިވެސް ވޯޓު ފޮށިތައް ބަހައްޓާފައި ވެއެވެ.
ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް