ވ.ރަކީދޫ ކައުންސިލް މެމްބަރު ބައި އިލެކްޝަންގައި 10 ޖެހުމާ ހަމައަށް ވޯޓުލީ 49 މީހުން: އީސީ

މިއަދު ކުރިއަށްދާ ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި 10 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 49 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އީސީ އި...

27 Jan 2024 | 05:40

މިއަދު ކުރިއަށްދާ ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި 10 ޖެހުމާ ހަމައަށް ވޯޓު ލާފައިވަނީ 49 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ 10 ޖެހުމާ ހަމައަށް ވޯޓު ލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުން އަދި 18 އަންހެނުން ކަމަށެވެ.

ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ޖުމްލަ 232 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ވޯޓު ލުން މިއަދު ހެނދުނު 8 ޖެހި އިރު ފަށާފައިވާއިރު، އީސީން ބުނީ 4 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

ވ.ރަކީދޫ ކައުންސިލްގެ މެމްބަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ވޯޓު ފޮށި ބަހައްޓާފައިވަނީ ދަރުބާރުގެ އަދި ވ.ރަކީދޫ ސްކޫލްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް