ޖަލުގައި ހަލުވިކަމާއެކު ކޯވިޑް ފެތުރި، ހާލަތު ގޯސްވެގެން ބައެއް ގައިދީން ގެއަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކޯވިޑް ފެތުރޭތީ ބައެއް ޤައިދީން ގެއަށް ބަދަލުކުރީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަނަކުން ހާމަކޮށްފައެއް ނުވެއެވެ.
މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތައް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު މާފުށީ ޖަލުން ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުންނާއި ހަތަރު ގައިދީންނެވެ.
މާފުށީ ޖަލުން މިރޭ ނެރުނު ކޯވިޑްގެ އަދާހަމަ އަށް ބަލާލާއިރު މިވަގުތު ކޯވިޑް ޖެހިފައި ތިބި 66 ގައިދީންނާއި 12 އޮފިސަަަރަކު އެބަތިއްބެވެ.
އަދި މިވަގުތު 215 ގައިދީއަކާއި 3 އޮފިސަރުން ކަރަންޓީނުގައި އެބަތިއްބެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނައުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް