ރާއްޖެއިން އިތުރު 29499 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެއިން 1280 މީހަކާއި އަތޮޅުތަކުން 697 މީހަކާއި ރިސޯޓުތަކުން 56 މީހަކާއި ލައިވްބޯޑުން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 128،0879 އަށް ވަނީ އަރާފައެވެ.
މިވަގުތު 16،950 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 54 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މިދިޔަ 24 ގަޑިއިރު 2،220 މީހަކު ވަނީ މި ބަލިން ރަނގަޅުވެ، 110،852 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7،019 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖެއިން މި ބަލީގައި މިހާތަނަށް 274 މީހަކު ވަނީ ނިޔާވެފައެވެ.
https://twitter.com/HPA_MV/status/1486748186119081986
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް