ކޮވިޑު ބަލީގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ - މިއީ މިއަދުގެ ދެވަނަ މަރު

ކޮވިޑު ބަލީގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. އެޗްޕީއޭ އިން ބުނީ މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އެމީހާ ނިޔާވީ މިއަދު ހަވީރު 4:35 ގައި ކަމަށެވ...

27 Jan 2022 | 14:53

ކޮވިޑު ބަލީގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އެމީހާ ނިޔާވީ މިއަދު ހަވީރު 4:35 ގައި ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު 274 އަށް އެރީއެވެ. ރާއްޖެއިން މިހައިތަނަށް މި ބަލީގައި ނިޔާވެފައިވަނީ 256 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑުގައި ރޭ ދަންވަރު 1:45 ގައި ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކެވެ. އާދަމް މަނިކު ނިޔާވެފައިވަނީ ކޮވިޑު ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ނިޔާވި އިރު އުމުރަކީ 73 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް