އޮޑިޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މެލޭޝިއާގެ އޮޑިޓް އޮފީހާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އޮޑިޓާ ޖެނަރަލްގެ އޮފީހާ މެލޭޝިއާގެ ނެޝަނަލް އޮޑިޓް ޑިޕާޓްމަންޓާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އޮޑިޓް އޮފީހުން ބުނީ މި އެއްބަސްވުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ހިންގ...

27 Jan 2022 | 12:48

ރާއްޖޭގެ އޮޑިޓާ ޖެނަރަލްގެ އޮފީހާ މެލޭޝިއާގެ ނެޝަނަލް އޮޑިޓް ޑިޕާޓްމަންޓާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އޮޑިޓް އޮފީހުން ބުނީ މި އެއްބަސްވުމާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ހިންގުމާއި އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ދެ ޤައުމު ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގައެވެ.

އެގޮތުން، ދެ ޤައުމުގެ ތަޖުރިބާ ހިއްސާކުރުމާއި ތައުލީމާ ތަމްރީންގެ ފުރުސަތު ހޯދުމަށް އެއްބަސްވުމާ ގުޅިގެން ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް އޮޑިޓް އޮފީހުން ހާމަކުރެއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެލޭޝިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ އޮޑިޓާ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް