ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 23 ވަނަ ފަހަރަށް އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 23 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އަންނަ މަހު 28 އާ ޖެހެންދެން ސިއްހީ ކުއް...

27 Jan 2022 | 11:57

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 23 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އަންނަ މަހު 28 އާ ޖެހެންދެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ކޮވިޑުގެ ނުރައްކާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އެގޮތަށް ލަފާ ދެއްވާތީ ކަމަށެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ އަންނަ ފެބްރުވަރީ މަހުގެ ނިޔަލަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ 12 މާޗު 2020ގަ އެވެ. މަހަކަށް އިއުލާނުކުރާ އެ ހާލަތު، އާންމު އުސޫލުގެ ދަށުން ކޮންމެ މަހަކު އިތުރުކުރަމުން އައިސް، އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަަވީ އިއްޔެގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް