ފުޓްބޯޅައިގެ ޢީދެއް ނިންމައިލި އަލިފުށިން 13 މީހަކު ޕޮޒިޓިވްވެ ރަށް ނުރައްކަލަށް

މިދިޔަ އާދީއްތަ ދުވަހު ފުޓްބޯޅައިގެ ޢީދެއް ނިންމައިލި އަލިފުށިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ޕްރެޒިޑެންޝަލް ކަޕްގެ ފައިނަލްމެޗު، ރަށް ފުރާލައިގެން ފުޓްބޯޅައިގެ ޢީދެއްގެ ގޮތުގައި ކުރިއަށްގެނ...

27 Jan 2022 | 11:52

މިދިޔަ އާދީއްތަ ދުވަހު ފުޓްބޯޅައިގެ ޢީދެއް ނިންމައިލި އަލިފުށިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕްރެޒިޑެންޝަލް ކަޕްގެ ފައިނަލްމެޗު، ރަށް ފުރާލައިގެން ފުޓްބޯޅައިގެ ޢީދެއްގެ ގޮތުގައި ކުރިއަށްގެންގޮސްފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުން މިއަދު ބުނެފައިވަނީ ޖުމްލަ 13 މީހަކު ޕޮޒިޓިވްކަން މިހާތަނަށް އެނގިފައިވާއިރު އޭގެތެރޭގައި ރަށުން ބޭރުން އެ ރަށަށް ދަތުރުކުރެވިފައިވާ ފަރާތްތަކާއި، އެ ފަރާތްތަކާއި ދިމާވެފައިވާ ފަރާތްތަކާއި އަދި ރޯގާގެ އަލާމާތްތައް ހުރުމުން ސާމަޕަލް ނެގިފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.

އެއް ދުވަހުން 13 ކޭސް ފެނުނު ނަމަވެސް އަދި އެ ރަށް މޮނީޓަރިންގ ހާލަތަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވެފައިވުމުން އެ ރަށުގައި މޮނީޓަރިން ހާލަތު އިއުލާނުކުރުން އެކަށީގެންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް