ފ. މަގޫދޫގެ ބިން ހިއްކުމުގެ މަޝްރޫޢު 206 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ފ. މަގޫދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މަގޫދޫގެ ތަރައްޤީގެ އެހެނިހެން ބޭނުންތަކަށް ހާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ...

27 Jan 2022 | 11:50

ފ. މަގޫދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން މަގޫދޫގެ ތަރައްޤީގެ އެހެނިހެން ބޭނުންތަކަށް ހާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓް ތަރައްޤީކުރުމަށް 30.8 ހެކްޓަރުގެ ބިން  ހިއްކަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، އަދި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 650 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ 206.87 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

1990 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް