ބަނގުރަލާއި ބިޔަރު ހިމެނޭހެން ގިނަ އަދަދެއްގެ ތަކެތި ކަސްޓަމްސްއިން ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރާއި، ސިނގިރޭޓުގެ އިތުރުން ތަފާތު އެކި ބާވަތުގެ ތަކެތި ހިމެނެއެވެ. މި ތަ...

27 Jan 2022 | 11:41

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރާއި، ސިނގިރޭޓުގެ އިތުރުން ތަފާތު އެކި ބާވަތުގެ ތަކެތި ހިމެނެއެވެ. މި ތަކެތި ނައްތާލާފައިވަނީ 26 ޖަނަވަރީ 2022 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.

ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 248 ދަޅު ބަނގުރަލާއި 4133 ދަޅު ބަނގުރާ އެކުލެވޭ ބިޔަރާއި 6015 ސިގިރޭޓް / ސިގަރ އާއި 21346 ކޮންފެންޝަނަރީއެވެ. އަދި ސައިފަތާއި ފެޝަން އެސެސަރީސް (ވޮލެޓް / ބޭގް) އާއި ކޮސްމެޓިކްސް އާއި ޓޮއިލެޓްރީޒް އަދި އެހެނިހެން ސާމާނު ވެސް ހިމެނެއެވެ.

ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް