ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީ އާއި ވިޔަފާރިވެރިޔާ ސޫރަޖް ނަމްބިއާ ކައިވެނިކޮށްފި އެވެ.
ކައިވެނި ކުރިކަން ދެމީހުން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.
މޯނީ އިންސްޓަގްރާމްގައި ބުނެފައިވަނީ ދެމީހުން ކައިވެނިކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ސޫރަޖް އޭނާއަށް ލިބުނީ ކަމަށް ބުނެފައިވެ އެވެ.
ސޫރަޖް އިންސްޓަގްރާމްގައި ބުނީ އޭނާ ކައިވެނި ކުރީ އެންމެ ގާތް އެކުވެރިޔާއާ ކަމަށެވެ. މޯނީ އާއި ކައިވެނި ކުރެވުމުން ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާއަށްވެފައިވާ ކަމަށެވެ.
https://www.instagram.com/p/CZOhKuGtUck/
މޯނީ އާއި ސޫރަޖް ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. މި ދެމީހުންގެ ގުޅުމަކީ ގިނަ ބަޔަކު ވަރަށް މަޖާ ނަގާ ގުޅުމެކެވެ.
ގިނަ ބައެއްގެ މަލާމާތް މޯނީއަށް އަމާޒުވީ ފިލްމު ޝޫޓިން އިން ބްރޭކެއް ލިބުނަސް ހަފްތާ ބަންދެއް ހުސްކޮށް ލިބުމަށް ސޫރަޖް ކައިރިއަށް ދުބާއީއަށް އޭނާ ދަތުރު ކުރާތީ އެވެ. 2020 ވަނަ އަހަރުގެ ކޯވިޑް ލޮކްޑައުންގެ ނުވަ މަސް ދުވަހުވެސް މޯނީ ހުރީ ސޫރަޖް ކައިރީ ދުބާއީގައި އެވެ.
ސޫރަޖަކީ ދުބާއީގެ މަޝްހޫރު ވިޔަފާރިވެރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް