ރިސޯޓު ތަރައްޤީ ކުރަން ދޫކޮށްފައި އޮތް ރާފުށި ވިއްކާލަން އިއުލާނުކޮށްފި

ސްރީލަންކާގެ އެއިޓްކެން ސްޕެންސް އަށް ރިސޯޓު ތަރައްޤީކުރުމަށް ކުއްޔަށް ދީފައި އޮތް ނ. ރާފުށި އަނެއްކާވެސް ވިއްކާލަން އިއުލާނުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓް ...

27 Jan 2022 | 10:32

ސްރީލަންކާގެ އެއިޓްކެން ސްޕެންސް އަށް ރިސޯޓު ތަރައްޤީކުރުމަށް ކުއްޔަށް ދީފައި އޮތް ނ. ރާފުށި އަނެއްކާވެސް ވިއްކާލަން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް އެ މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ނ. ރާފުށި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމުގައެވެ.

އެގޮތުން އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގައިދިނުމަށް އެދިފައިވެއެވެ.

އެއިޓްކެން ސްޕެންސް އިން 2019 ވަނަ އަހަރުވެސް ރާފުށި ވިއްކާލުމަށް އިއުލާނު ކޮށްފައިވެއެވެ. ރާފުށްޓަކީ 18.7 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ. އެރަށް ތަރައްގީ ކުރަން 2015 ވަނަ އަހަރުގެ އޭޕްރިލްމަހުން ފެށިގެން ކުއްޔަށް ހިފާފައި އޮތް ނަމަވެސް މި ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް