2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ، ސަޢުދީ ޢަރަބިއްޔާގައި ބާއްވަން ދިވެހިރާއްޖެއިން ތާއީދުކުރާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދާއިއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯންކޯލްގައި، ދެޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސަޢުދީ ފަންޑުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައި އެކިދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
https://twitter.com/abdulla_shahid/status/1486350522269732866?s=20
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް