ކެޓް އެކަނި ރާއްޖެ އައި އިރު ވިކީ ސާރާއާއެކު ބުރަކޮށް އިންދޯރުގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފް ފިރިމީހާ ވިކީ ކައުޝަލް އާއި ވަކިން ރާއްޖެ އައިސް ޓީވީ އިޝްތިހާރެއް ކުޅެ ނިންމާފައި އެނބުރި ދިޔައިރު ވިކީ އުޅެމުން ދިޔައީ ކޯ-ސްޓާރް ސާރާ އަލީ ޚާން އާއި އެކު އިނ...

27 Jan 2022 | 06:39

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފް ފިރިމީހާ ވިކީ ކައުޝަލް އާއި ވަކިން ރާއްޖެ އައިސް ޓީވީ އިޝްތިހާރެއް ކުޅެ ނިންމާފައި އެނބުރި ދިޔައިރު ވިކީ އުޅެމުން ދިޔައީ ކޯ-ސްޓާރް ސާރާ އަލީ ޚާން އާއި އެކު އިންޑޯރްގައި ޝޫޓިންއެއް ގައެވެ.

އެގޮތުން ވިކީ އާއި ސާރާ ވަރަށް ފަހުން ޑްރައިވް އަކަށް ނިކުތްއިރު މިދެމީހުން ވަނީ ކާރުތެރޭ އެކުގައި ސެލްފީއެއް ނަގާފައެވެ. އަދި މި ފޮޓޯތައް ވަނީ އިންޓަނެޓްގައި ވައިރަލްވެފައެވެ.

ވިކީ ފްލޭނެލް ގަމީހެއް ލައިގެން ހުރި އިރު ސާރާ ހުރީ ރީތި ލެވެންޑަރ ކުލައިގެ ހެދުމެއްގައެވެ.

ވިކީ އާއި ސާރާ އަންނަނީ ލަކްސްމަން އުޓޭކަރްގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރާޖަސްތާނުގައެވެ.

ކެޓްރީނާ، ވިކީ އާއި ވަކިން ރާއްޖެ އައިސްފައިވާއިރު ކައިވެނީގެ ކުރީކޮޅު ވިކީ ބަހައްޓާފައި ރާއްޖެއައުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް