ނ. މާލެންދޫ މޮނިޓަރިންގ އަށް ލައިފިއެވެ.
އެރަށް މޮނިޓަރިންގ އަށް ލީ މިއަދުއެވެ. މިއާއެކު ޖުމްލަ 31 ރަށެއް މޮނިޓަރިންގ ގައި މިހާރު އެބައޮތެވެ.
އެގޮތުން މޮނިޓަރިންގ ގައި މިހާރު އޮތް ރަށްތަކަކީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ލ. ގަން، ގދ. ގައްދޫ އަދި ރ. އުނގޫފާރެވެ. އަދި ހދ. ހަނިމާދޫ އާއި ކ. ގުރައިދޫ އާއި ބ. އޭދަފުއްޓާއި ހއ. ދިއްދޫ އާއި ތ. ގުރައިދޫ އާއި ބ. ގޮއިދޫ ވެސް އޮތީ މޮނިޓަރިންގ ގައެވެ.
މީގެ އިތުރުން ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރީ، ގދ. ތިނަދޫ، މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ހުޅުދެލި، ގދ. ވާދޫ އަދި ށ. މިލަންދޫ އާއި ގއ. ކޮލަމާފުށި ވެސް އޮތީ މޮނިޓަރިންގ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް