އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް މަހްލޫފު ކުރިމަތިލައްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަންގެ މަޤާމަށް އަހްމަދު މަހްލޫފު ކުރިމަތިލައްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި އެކަން ހާމަކޮށ...

27 Jan 2022 | 04:52

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަންގެ މަޤާމަށް އަހްމަދު މަހްލޫފު ކުރިމަތިލައްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި އެކަން ހާމަކޮށްފައިވީ ނަމަވެސް އެމްޑީޕީން ވެސް އަދި މަހްލޫފު ވެސް އެކަން ރަސްމީކޮށް ހާމަކޮށްފައެއް އަދިނުވެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ހާމަވެފައި މިވަނީ މަހްލޫފު އެކަންޏެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ފެބްރުވަރީ މަހުއެވެ. އެކަމަކު އިންތިޚާބުގައި ވާދަކުރުމަށް ރަސްމީކޮށް އަދިހުޅުވާލާފައެއް ނުވެއެވެ.

އެމްޑީޕީގެ މިހާރުގެ ޗެއަރޕަރސަން އަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. އޭނާ އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވަޑައިގަތީ 11 ފެބްރުއަރީ 2017 ގައެވެ. އެހެންކަމުން އަންނަ މަހު ޙަސަން ލަޠީފްގެ ދައުރު ހަމަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް