ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކު ކޮވިޑުގައި ނިޔާވެއްޖެ

ފެނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރައްވާ ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކު ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އާއިލާގެ މެންބަރަކު ވިދާޅުވީ ބ...

27 Jan 2022 | 04:39

ފެނުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރައްވާ ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކު ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އާއިލާގެ މެންބަރަކު ވިދާޅުވީ ބަލިވެގެން ޓެސްޓްކޮށް ކޮވިޑަށް ޕޮޒިޓިވް ވުމުން ހުޅުމާލޭ ކޮވިޑު ފެސިލިޓީއަށް ގެންދިޔައީ މީގެ ތިންދުވަސް ކުރިން ކަމަށާއި ނިޔާވިކަން އާއިލާއަށް އެންގީ ރޭގެ ދަންވަރު 1:00 ހާއިރު ކަމަށެވެ.

ކޮވިޑުގެ މި މަރާއި ގުޅޭގޮތުން އެޗްޕީއޭއިން އަދި މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މިއީ ކޮވިޑުގެ 273 ވަނަ މަރެވެ.

ސެންޓު އާދަމް މަނިކަކީ ފެން ސަޕްލައި ކުރުމުގެ ވިޔަފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ތުލުސްދޫގައި ގެސްޓްހައުސް ވިޔަފާރިވެސް ހިންގަމުން ގެންދެއެވެ. ފެން ސަޕްލައި ކުރުމުގެ ވިޔަފާރީގައި އަމިއްލަ ބޯޓުފަހަރުވެސް ގެންގުޅުއްވައެވެ.

މި ފަހުން މާލެ ފެނަށް ޖެހުނު ހާލަތުގައި ޓީޖެޓީ ސަރަހައްދުގައި އާއްމު ރައްޔިތުންނަށް ހިލޭ ގިނަ އަދަދެއްގެ ފެން އާދަމް މަނިކު ބެއްސެވިއެވެ.

އާއިލާގެ ފަރާތުން ދުވަހަށް މައުލޫމާތުދެމުން ބުނީ ކޮވިޑު ފެސިލިޓީއަށް ގެންދިޔަ ފަހުން ކޮންމެ ދުވަހަކު އާއިލާއަށް އަޕްޑޭޓް ލިބެމުންދިޔަ ކަމަށާއި އެ މައުލޫމާތު އެ ފެސިލިޓީން ފޯރުކޮށްދެމުންދިޔައީ އާއިލާގެ ވަކި ނަމްބަރަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް