ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އަމާޒުކޮށް، ދުވަހުން އިއްޔެއިން ފެށިގެން ފޭސްބުކްގައި ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ވޯޓަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
ހިޔާލު ހޯދުމުގެ އެ ވޯޓުގައި ބަލާލާފައިވާނީ މި ބައި އިލެކްޝަން ކާމިޔާބު ކުރާނެކަމަށް ގަބޫލު ކުރެވެނީ ރާޝިދުތޯ؟ ފަތުހީތޯ؟ ނުވަތަ ހަންނާނުތޯ؟ އެވެ.
ހިޔާލު ހޯދުމުގެ މި ވޯޓަށް މިހާރު 24 ގަޑިއިރުވެފައިވާއިރު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށް 683 ވޯޓު ލިބިފައިވެއެވެ. އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް 320 ވޯޓު ލިބިފައިވާއިރު އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލްހަންނާން އިދުރީހަށް ލިބިފައިވަނީ އެންމެ 83 ވޯޓެވެ.
ތިރީގައިވާ ލިންކުން ދެވޭ މަންޒިލުން، ހިޔާލު ހޯދުމުގެ މި ވޯޓުގައި ބައިވެރިވެލެއްވޭނެއެވެ.
https://web.facebook.com/groups/1659194854294008/posts/3031605393719607/
މި ވޯޓަކީ މި ބައި-އިލެކްޝަންގެ ނަތީޖާ ގޮސްދާނެ ގޮތާއިމެދު ރާއްޖޭގެ އާއްމު އާބާދީ ދެކެނީ ކިހިނެއްތޯ ބަލައިލުމަށް ދުވަހުން ކުރިއަށްގެންދާ، ހިޔާލު ހޯދުމުގެ ވޯޓެކެވެ. މި ވޯޓު އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ 23:59 ވަންދެން ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް