މުޅި ޓިކްޓޮކްގައި އުހ އައްޓަވާ މާވާ

ސޯޝަލް މީޑިއާގެ އެއް ޕްލެޓްފޯމުކަމުގައިވާ ޓިކްޓޮކަކީވެސް ދިވެހިންގެ ގިނަ ބަޔަކު އޭގެ ބޭނުން ހިފަމުން އަންނަ ޕްލެޓްފޯމެކެވެ. އެއް ބަޔަކު ޓިކްޓޮކް ހަދާއިރު އަނެއް ބަޔަކު އެ ޓިކްޓޮކްތައް ބަލައި ޝެއަރކޮށް...

27 Jan 2022 | 03:39

ސޯޝަލް މީޑިއާގެ އެއް ޕްލެޓްފޯމުކަމުގައިވާ ޓިކްޓޮކަކީވެސް ދިވެހިންގެ ގިނަ ބަޔަކު އޭގެ ބޭނުން ހިފަމުން އަންނަ ޕްލެޓްފޯމެކެވެ.

އެއް ބަޔަކު ޓިކްޓޮކް ހަދާއިރު އަނެއް ބަޔަކު އެ ޓިކްޓޮކްތައް ބަލައި ޝެއަރކޮށް އެ ޓިކްޓޮކްތަކުން ހިތްހަމަޖެހުން ހޯދަމުންދެއެވެ.

ޓިކްޓޮކްގައި އަބަދުވެސް ބައެއް ލަވަތަކަކީ/މިއުޒިކްތަކަކީ ވަރަށް ބޮޑަށް ވައިރަލްވެގެންދާ ލަވަ ނުވަތަ މިއުޒިކުތަކެވެ.

އެގޮތުން މިހާރު ޓިކްޓޮކަށް ބަލާލާއިރު މުޅިންހެން ފެންނަނީ އައްލޫ އަރްޖޫން ކުޅެފައިވާ ޕުޝްޕާ ފިލްމުގެ އައިޓަމް ލަވަ، "އޫހ އައްޓަވާ މާވާ" މި ލަވައިގެ ޓިކްޓޮކްތަކެވެ. ހައެއްގަ ޓިކްޓޮކް ފުލުފުލުން ފުށުން ޖަހާއިރުވެސް ބައެއް ފަހަރު މި ލަވައިން ނާރައެވެ. ދިވެހި ޓިކްޓޮކަރުންގެ މެދުގައިވެސް މިވަގުތު އެންމެ މަގްބޫލީ މި ލަވަ ކަމުގައި ބެލެވެއެވެ.

https://www.youtube.com/watch?v=EEqq0_Etuos

މީގެ އިތުރުންވެސް ޕުޝްޕާގެ އިތުރު ބައެއް ލަވަތައްވެސް އަންނަނީ ޓިކްޓޮކްގައި ވައިރަލްވަމުންނެވެ. އެ ލަވަތަކުގެ ތެރޭގައި "ސްރިވައްލީ" އާއި "ސާމޭ" ހިމެނެއެވެ.

ޕުޝްޕާގެ ލަވަތައް ހުރިހާ ދިމާލެއްގައިވެސް ވައިރަލްވެފައިވާއިރު މި ފިލްމަކީ ނިމިދިޔަ 2021 ވަނަ އަހަރު އިންޑިއާގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. އަދިވެސް މި ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ރެކޯޑުތައް މުގުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް