މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިރޭ 00:05 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހޭނޭކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް