ފުނަދޫ ޒުވާނުންގެ މަރުކަޒު ކައުންސިލު އަތުން އަތުލައި ޔޫތު މިނިސްޓްރީގެ ދަށަށް

ށ. ފުނަދޫ ކައުންސިލުން ހިންގަމުން އައި އެ ރަށުގެ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ފުނަދޫ ކައުންސިލްގެ ރައ...

26 Jan 2022 | 19:11

ށ. ފުނަދޫ ކައުންސިލުން ހިންގަމުން އައި އެ ރަށުގެ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް އަށް ފޮނުވި ސިޓީ އެއްގައެވެ.

އެ ސިޓީގައި ބުނެފައި ވަނީ ފުނަދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ ޝަކުވާތައް ޔޫތު މިނިސްޓްރީ އަށް ލިބެމުން އަންނަކަމުގައެވެ.

އަދި ޔޫތު މިނިސްޓަރު މަހުލޫފް އެ ރަށައް ކުރެއްވި ދަތުރުުފުޅުގައި އެ މަރުކަޒުގައި ހުރި ބައެއް އިންފްރާސްޓްރަކްޗަރ އަށް އެ މިނިސްޓްރީގެ ހުއްދަނެތި ބަދަލުތަކެއް ގެނެސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން ފުނަދޫ ޒުވާނުންގެ މަރުކަޒު ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށައް ގެނެސްފައި ވަނީ އެ މިނިސްޓްރީ އިން ކަނޑައަޅާފައިވާ ޤަވާއިދު ތަކާއި ހިލާފަށް ކަންތައްތައް ކޮށްފައިވާ ކަން ފާހަގަ ކުރެވޭތީ ކަމުގައި އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ މަރުކަޒު ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އެ މިނިސްޓްރީންކަމުގައި އެ ސިޓީގައި ބުނެފައި ވެއެވެ.

ފުނަދޫ ޒުވާނުންގެ މަރުކަޒު އެ މިނިސްޓްރީގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަން ހާމަކޮށްފައި ވާއިރު، ޔޫތު މިނިސްޓަރ އިއްޔެ އެ ރަށައް ޒިޔާރަތް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓްގައި ވަނީ ރަށުގެ ޒުވާނުންގެ މެދުގައި ހަމަނުޖެހުން އުފެދޭފަދަ މޭރުމަކުން ވާހަކަ ދައްކާފައި ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް