ރާއްޖެއިން އިތުރު 143 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 112 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވި މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅުތެރޭގެ ރަށްތަކުން ހަތް މީހުން ރިސޯޓުތަކުން 24 މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 3،677 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،366 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 101 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު50 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެއާ އެކު ޖުމްލަ 13،966 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،390 މީހުންނަށެވެ. އޭގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް