ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެކަން ހާމަ ކުރެއްވީ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ޖަޒީރާ ސައްލާ" ޕްރޮގްރާ...

27 Jan 2021 | 14:51

ޕާޓީއަކަށް ދިޔަ ސްކޫލް ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެކަން ހާމަ ކުރެއްވީ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ޖަޒީރާ ސައްލާ" ޕްރޮގްރާމުގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ނެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސްކޫލްތްކުގައި ކޮވިޑު ކޭސްތައް ގިނަވަމުން އަންނައިރު، އެސްކޫލުތަކުގައި ދަރިވަރުން ޕޮޒިޓިވް ވާގޮތް އެނގެން ނުހުންނަ ކަމަށެވެ.

"ސްކޫލްތަކުގަ ޕޮޒިޓިވް ކޭސްތައް ގިނަވަނީ އެސްކޫލެއްގެ ތެރެއިން ނޫން. މިއަދު އަޅުގަނޑު ބަލާލިއިރުގައި އެއް ސްކޫލްގެ އެއް ކްލާހެއްގެ ވަރަށް ގިނަ ކުދިން އެބަ ތިބި ޕޮޒިޓިވް ވެފަ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ކޮން ސްކޫލެއްގެ ދަރިވަރުން ކަމެއް ޑރ. ނަޒްލާ ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް