ދިވެހިންގެ އާދަކާދައިގެ ގޮތުން ފިލްމެއް ބެލިޔަސް އަދި ގޭގައި މަޖާ އެހެން ކަމެއް ކުރިޔަސް ޕޮޕްކޯނަކީ އެންމެ އަތްމަތީ ސްނެކްއެވެ. އެހެން ނަމަވެސް ޕޮޕްކޯނަކި އޭގައި ނުހަނު ގެއްލުން ހުރި އެއްޗެއްކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.
އެގޮތުން ޕޮޕްކޯންގައި ހިމެނޭ ނުރައްކާތެރި ކެމިކަލް އެއް ކަމުގައިވާ ޕީ.އެފް.އޯ.އެސް އާއި ޕީ.އެފް.އޯ.އޭ ގެ ސަބަބުން ފިރިހެނުންގެ ޖިންސީ އެދުމުގެ ބާރު ދަށްކޮށްލާ ކަމުގައި ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުންވެސް ޕޮޕްކޯންގެ ސަބަބުން ފިރިހެނުންނަށް ދިގުމުއްދަތަކަށް އޭގެ ގެއްލުން ލިބޭ ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.
ޕޮޕްކޯންއަކީ ޒުވާރިން ތައްޔާރުކުރާ ހަށިގަނޑަށް އޭގައި ނުހަނު ފައިދާ ހުރި އެއްޗެއް ނަމަވެސް މި ހާލަތުގައި ފިރިހެނުންނަށް ނުހަނު ގެއްލުން ލިބޭ އެއްޗަކަށް މިވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް