ލާމް އަތޮޅު އަންހެން ކަނބަލުންގެ ހޭންޑްބޯޅަ މުބާރާތް ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި

ޔޫތް އެކަޑަމީ އާއި ޔޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން ގުޅިގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ފޮނަދޫގައި ބާއްވާ ހޭންޑް ބޯޅަ މުބާރާތް އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ފ...

27 Jan 2021 | 12:04

ޔޫތް އެކަޑަމީ އާއި ޔޮނަދޫ ޔޫތް އެސޯސިއޭޝަން (ފިޔަ) ޖަމްޢިއްޔާއިން ގުޅިގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން އެ އަތޮޅު ފޮނަދޫގައި ބާއްވާ ހޭންޑް ބޯޅަ މުބާރާތް އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

ޔޫތް އެކަޑަމީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތަކީ ލާމު އަތޮޅުގެ އަންހެން ކަނބަލުންނަށް ޚާއްސަކުރެވިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިހާރު ހަމަވެފައިވާއިރު، މި މުބާރާތުގައި 14 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލް ކުރެވިފައިވަނީ މިމަހުގެ10 ވަނަ ދުވަހުގައެވެ. ނަމަވެސް ފޮނަދޫއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މުބާރާތް ވަނީ ފަސްކޮށްފައެވެ. މިހާރު މި މުބާރާތް ބޭއްވުމަށް ތާވަލް ކުރެވިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގައެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ

ލާމު ޔޫތް މޫވްމަންޓް (އެލްވައިއެމް)

ހޭޅި

ލާމް ޔޫތްް ޑެވެލޮޕްމަންޓް (އެލްވައިޑީ)

ކަލައިދޫ ކައުންސިލް ޓީމް ރަނި

ޑީބީ ސްޕޯޓްސް ކުލަބް

ކުރިގަމް ކަނބަލުން

ގޯޅި ސްޕޯޓްސް ކުލަބް

ގަން ރީޖަނަލް ހޮސްޕިޓަލް

ރެހެންދި

ޓީމް ނިރުވާނާ

ޑަބްލިއުޑީސީ

ތުނޑި ރިވޮލިއުޝަން ޔޫތް (ޓްރައި)

ކާމް އެމްބީޑީ

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ ލ. ފޮނަދޫ ކުރިގަމު އަވަށު އަލަށް އާބާދުވި ސަރަހައްދުގެ ކުޅޭ ބިމުގައެވެ.

ޔޫތް އެކަޑަމީއިން މި ފަދަ ހޭންޑްބޯޅަ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތް ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާއި ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޔުނިކްސް ސްޕޯޓިންގް ގެ ފަރާތުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމައްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް