އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު ބޮޑުކުރުމުގެ 72 މިލިއަން ރުފިޔާގެ މަޝްރޫއު އެލިޔާއަށް

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް އެ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަޝްރޫއު އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ހެލްތް މި...

27 Jan 2021 | 11:11

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް އެ ހޮސްޕިޓަލް ބޮޑު ކުރުމުގެ މަޝްރޫއު އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ. އެލިޔާގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަޮތޯ އަލީ އެވެ.

މި މަޝްރޫއު އަކީ 72 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރެވޭ މި އިމާރާތުގައި މިހާރު ދޭ ހިދުމަތްތައް ފުޅާކުރުމަށް ފަސް ހިދުމަތެއް ލިބޭނެ ޖާގާ އިތުރު ކުރެވޭނެ އެވެ.

އެގޮތުން އަލަށް އިތުރު ކުރެވޭ ބައިގަ 10 އެނދުގެ އެމަޖެންސީ ރޫމަކާއި، ދެ އޮޕަރޭޝަން ތިއޭޓަރު، ލެބޯޓަރީ އަކާއި ޕްރައިވެޓު ރޫމްތަކެއްގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓެއް ހަދާނެ އެވެ. ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ސްކޭން ރޫމަކާއި ދެ އެކްސްރޭ ރޫމާއި ސީޓީ ސްކޭން އާއި އެމްއާރުއައި ހެދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއު ނިންމުމަށް އެލިޔާއަށް ދީފައިވަނީ 239 ދުވަހެވެ.

އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ފަސް ހޮސްޕިޓަލެއް އެ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް