ހުޅުމާލޭގެ ހަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ގެނެސްފައި ވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިއަދު އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެށްގައެވެ. އެ ނޫސް ބަޔާނުގައި ވަނީ، ހުޅުމާލޭގެ މަގުތަކަކީ ހުރިހާ ފަރާތްތަކަކަށްވެސް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރުމަށް ފަހު ހަ މަގެއް އެއްކޮޅަށް (ވަންވޭ) ދުއްވާ މަގުތަކަށް ބަދަލުކުރުމުގެ މަސައްކަތް 25 ޖަނަވަރީ އިން ފެށިގެން އެ ކޯޕަރޭޝަނުން ދަނީ ކުރަމުން ކަމަށެވެ.
އެގޮތުން އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައި ވާ މަގުތަކުގެ ތެރޭގައި ހިމެނެނީ، މިރިހި މަގު (މިރިހިމަގު 01 ގޯޅިން ފެށިގެން، ރަބަރުގަސް މަގާ ހަމައަށް)- އިރުން ހުޅަނގަށް ދުއްވާ ގޮތަށް، ރަބަރުގަސް މަގު (މިރިހިމަގުން ފެށިގެން އޯކިޑުމާ ހިނގުމާ ހަމައަށް)- އުތުރުން ދެކުނަށް ދުއްވާ ގޮތަށް ގެނައި ބަދަލުގެ އިތުރުން،
- އިރުދޭމާ ހިނގުން 01 ގޯޅި- އިރުން ހުޅަނގަށް ދުއްވާ ގޮތަށް
- އިރުދޭމާ ހިނގުން 02 ގޯޅި- ހުޅަނގުން އިރަށް ދުއްވާ ގޮތަށް
- އިރުދޭމާ ހިނގުން 03 ގޯޅި- އިރުން ހުޅަނގަށް ދުއްވާ ގޮތަށް
- ސަބުދެލިމަގު- އުތުރުން ދެކުނަށް ދުއްވާ ގޮތަށެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 14 ސަރަހައްދެއްގައި 1330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް