ކާފިއު ހިންގަން ފެށުމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވޭ ގަޑިއަށް ބަދަލު ގެނެސްފި

ކާފިޔު ހިންގަން ފެށުމާއެކު ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނެސްފިއެވެ. މާލޭގައި ކޯވިޑް ކޭސްތައް ގިނަވާން ފެށުމުން އެ...

27 Jan 2021 | 10:20

ކާފިޔު ހިންގަން ފެށުމާއެކު ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނެސްފިއެވެ.

މާލޭގައި ކޯވިޑް ކޭސްތައް ގިނަވާން ފެށުމުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން ރޭގަނޑު 12:00 ން ފަތިހު 4:00 އަށް މާލޭ ސިޓީގައި ކާފިއު ހިންގަން ފަށާފައި އެވެ. އެޗްޕީއޭއިން ބުނީ ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގަން ފެށީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބަދަލު ގެނައުމުން 27 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށްވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވައި ހިދުމަތް ދެވޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން އެޗްޕީއޭއިން އަންގާފައިވެއެވެ.

އެންމެ ފަހުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވޭ ގަޑިއަށް ބަދަލު ގެނައީީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް