ސިފައިންނާއި އެމްއެންޑީއެފް އުޅަނދުތައް ރާއްޖެ ޓީވީއަށް ދޫކުރީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި!

ރާއްޖެ ޓީވީން ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް “ސެލެބްރިޓީ ރޭސް” ގައި ބޭނުން ކުރަން އެމްއެންޑީއެފް އުޅަނދުތަކާއި ސިފައިން ދޫކުރީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ކަމަށް ބުނ...

27 Jan 2021 | 09:16

ރާއްޖެ ޓީވީން ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް “ސެލެބްރިޓީ ރޭސް” ގައި ބޭނުން ކުރަން އެމްއެންޑީއެފް އުޅަނދުތަކާއި ސިފައިން ދޫކުރީ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ކަމަށް ބުނެފި އެވެ.

އެ ޕްރޮގްރާމް ޝޫޓްކޮށްފަައިވަނީ މިމަހުގެ 9-17 ވަނަ ދުވަހުގެ ނިޔަލަށް ދ. ގެމެންދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައި އެވެ. އެތަނުގައި ނެގި ޕްރޮގްރާމްގެ މަންޒަރުތަކުގައި އެމްއެންޑީއެފް ހެލިކޮޕްޓަރާއި ކޯސްޓް ގާޑު އުޅަނދަކާއި ފަޔާ ލޯންޗެއްގެ އިތުރުން 50 ހާއި ގާތް ކުރާ އަދަދަކަށް ސިފައިން ބޭނުން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ ޒަމާނުންސުރެ އެމްއެންޑީއެފުން އިން ދަނީ، އެކި ދާއިރާތަކަށް ދިވެހި އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެފަދަ ފަރާތްތަކުން އެދޭ ކަންކަމުގައި ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރައްޔިތުންނާއި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ސިފައިން ފޯރުކޮށްދޭ އިޖްތިމާއީ ހިދުމަތެއް ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކާއި ގުޅިގެން ރާއްޖެ ޓީވީއަށް ސިފައިންނާއި އުޅަނދުތައް ދޫކުރި ގޮތް ހާމަކޮށްފައި މިވަނީ އިދިކޮޅުންވެސް އެކަން ސާފުކޮށްދިނުމަށް އެމްއެންޑީއެފާއި މިނިސްޓަރު މާރިޔާ ދީދީއަށް ގޮވާލާފައި ވަނިކޮށެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ކޮރަޕްޝަންގެ އާ ވައްތަރެއްތޯ ސުވާލު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް