ފްރާންސްއަކީ މީގެ ކުރިން އެތަނުގައި ދިރިއުޅޭ މުސްލިމުންނަށް މޫނު ބުރުގާ އެޅުން މަނާކޮށްފައިވާ ޤައުމެކެވެ. އެހެން ނަމަވެސް ކޯވިޑްގެ ސަބަބުން ފަރާންސް ގެ މި ނިންމުން މިއޮތީ ބޮޑު ޖޯކަކަށް ވެފައެވެ.
އެގޮތުން މޫނުބުރުގަ އެޅުން މަނާ ކުރުމަށްފަހުގައި ފޭސްމާސްކް އެޅުން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ހަދާފައި ވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ "ޕެރިސް ފެޝަން ވީކް" ގައި ބައިވެރިވި މޮޑެލްތައް މުޅި ހަށިގަނޑު ނިވާކޮށް ފޭސްމާސްކާ އެކު މޫނުބުރުގާ ފަދައިން ނިވާކޮށްފައި ވުމުގެ ސަބަބުންނެވެ.
އެގޮތުން ބައެއް މީހުން މިކަމާމެދު ބުނެފައިވަނީ ފްރާންސްގެ މުސްލިމުން މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށް އަދި ހައްޔަރުވެސް ކޮށްފައިވުމީ ވަރަށް ނާއިންސާފެއްކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް