މިއަހަރު ބޮލީވުޑް ކައިވެނީގެ ލިސްޓަށް ކުއްލިއަކަށް ޝްރައްދާގެ ނަން!

މިއަހަރު ބޮލީވުޑްގައި މަޝްހޫރު ތަރިންތަކެއްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާކަމުގެ ވާހަކަ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ދެކެވެމުންނެވެ. އޭގެތެރޭގައި ވަރުން ދަވަން އާއި ނަތާޝާ ދަލާލް، ރަން...

27 Jan 2021 | 07:53

މިއަހަރު ބޮލީވުޑްގައި މަޝްހޫރު ތަރިންތަކެއްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާކަމުގެ ވާހަކަ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ދެކެވެމުންނެވެ.

އޭގެތެރޭގައި ވަރުން ދަވަން އާއި ނަތާޝާ ދަލާލް، ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ ކައިވެނިތަކެވެ. އޭގެ ތެރެއިން ވަރުން އާއި ނަތާޝާގެ ކައިވެނި މިމަހުގެ 24 ގައި ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއި އެކު ވަނީ ކޮށްފައި އެވެ.

މިކައިވެނިތަކުގެ އިތުރުން ކުއްލިއަކަށް މި ލިސްޓަށް މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ ނަން ވަނީ އިތުރުވެފައި އެވެ. އެއްވެސް ގޮތަކުން ޔަގީން ނުވި ނަމަވެސް އަބަދުވެސް އަޑު ފެތުރިފައި އޮންނަ ގޮތުގައި ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގައި މަސައްކަތް ކުރާ ފޮޓޯގްރާފަރެއްކަމަށްވާ ރޯހަން ޝްރެޝްތާ އާއި އެވެ.

މި ދެ މީހުންގެ ކައިވެނި މިއަހަރު އޮންނަކަމުގެ އިޝާރެއްވީ ވަރުން ކައިވެނި ކުރުމުން މަރުހަބާ ކިޔުމަށް ރޯހަން އިންސްޓަގްރާމްގައި ސްޓޯރީ އަޕްޑޭޓް ކުރުމުން ވަރުން އެ ޕޯސްޓް ރީޕޯސްޓުކޮށް ލިޔެފައިވާ އެއްޗަކުންނެވެ. ވަރުން ބުނެފައިވަނީ އޭނާ އުންމީދު ކުރަނީ ރޯހަން ތައްޔާރުވެފައިވާ ކަމަށެވެ.

މި ޕޯސްޓުން ގިނަ ބަޔަކު  ވަނީ ޝްރައްދާ އާއި ރޯހަންގެ ކައިވެނި މިއަހަރު އޮންނާނެކަން ޔަގީންކޮށްފައި އެވެ. އެކަމަކު މިކަން ޝްރައްދާ ނުވަތަ ރޯހަން ޔަގީން ކޮށްދީފައި ނުވާއިރު އެ ދެމީހުން މި ވާހަކަތަކަށް ޖަވާބު ނުދޭނެކަން ޔަގީނެވެ.

އެއީ އެ ދެ ލޯބިވެރިން މާ ސިއްރުން އުޅޭތީ ކަމަށް މީޑިއާގައި ބުނެފައިވެ އެވެ. އެހެންވެ މި ގުޅުމާއި ކައިވެނީގެ ހަބަރު ޔަގީން ކުރުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ކަވަރު ކުރާ ނޫސްވެރިންނާއި ޕަޕަރާޒީންނަށް ވަނީ ވަރަށް އުނދަގޫ ކަމަކަށްވެފައި އެވެ.

މި ދެމީހުން އެކުގައި ވަރަށޤ ނުފެންނަ އިރު އެންމެ ފަހުން ދެމީހުން އެއްކޮށް ފެނިފައިވަނީ މިދިޔަ އަހަރުގެ ކޯވިޑް-19 ލޮކްޑައުން ތެރޭގައި މުމްބާއީ މަގުމަތީގައި ދެމީހުން ސައިކަލު ބުރެއް ޖަހަނިކޮށެވެ. އެ ވަގުތު ދެމީހުން ތިބީ މާސްކު އަޅައިގެން ކަމަށްވާއިރު ޝްރައްދާ ސައިކަލު ފަހަތުގައި އިނީ ވީޑިއޯކޮށް ފޮޓޯ ނަގަމުން ދިޔަ މީހުންނަށް ނުފެންނާނެހެން ރޯހަންގެ ކޮނޑާއި ނިވާވެގެންނެވެ.

ސާހޯ ފަދަ ކާމިޔާބު ފިލްމުތަކުން ފެނުނު ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ރޭމޯ ޑި ސޫޒާގެ ސްޓްރީޓް ޑާންސާ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް