ހަޔާތުގެ އެއްވެސް ހިސާބެއްގައި މިކަހަލަ ބުލީއެއް ތަޖުރިބާ ކުރަން ޖެހުނުތަ؟

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން، 'ބުލީ ކުރުން' ސިފަކޮށްފައި ވަނީ އެނގި ހުރެ ތަކުރާކުކޮށް އަނެކުންނަށް އުނދަގޫ ނުވަތަ އަނިޔާ ކުރުމަށެވެ. ނަފްސާނީ ގޮތުން ގައިގައި ޖެހުން، ބުނާ ބަސްބަހުން ނުވަތަ...

27 Jan 2021 | 07:39

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން، 'ބުލީ ކުރުން' ސިފަކޮށްފައި ވަނީ އެނގި ހުރެ ތަކުރާކުކޮށް އަނެކުންނަށް އުނދަގޫ ނުވަތަ އަނިޔާ ކުރުމަށެވެ.

ނަފްސާނީ ގޮތުން ގައިގައި ޖެހުން، ބުނާ ބަސްބަހުން ނުވަތަ ކުރާ ކަމަކުން ވެސް ބުލީ ކުރެވެއެވެ. އެކި އުމުރުފުރާ ތަކުގައި އެކި ގޮތްގޮތަށް ބުލީ ކުރެއެވެ. މިގޮތުން މި ލިޔުމުގައި ފާހަގަ ކޮށްލާނީ އާއްމު ގޮތެއްގައި މީހުން ބުލީގެ ޝިކާރައަކަށް ވާ ގޮތްތަކެވެ.

މިގޮތުން ފުރަތަމަ ވައްތަރަކީ ޖިސްމާނީ ގޮތުން ބުލީ ކުރުމެވެ. މީގައި ހިމެނެނީ އަނެކާގެ ނަފްސަށް އަނިޔާއެއް ކުރިމަތި ކުރުވާނެ ފަދަ ގޮތަކަށް ބުލީ ކުރުމެވެ. މިގޮތުން މީހެއްގެ ގަޔަށް އެއްޗެއް އެއްލުން  ނުވަތަ އަތުން ޖެހުން މިބައިގައި ހިމެނެއެވެ. މީގެ އިތުރުން، އެއްޗެއް ދީގެން ކަމެއް ކުރުވުމާއި ރޭޕް ކުރުމާއި ބައިވެރިޔާގެ ދަށުވެގެން އުޅުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ ކުރުންވެސް ޖިސްމާނީ ގޮތުން ބުލީ ކުރުމުގައި ހިމެނެއެވެ.

ބާރުގެ ބޭނުން ކޮށްގެން ބުލީ ކުރުމަކީވެސް ބައެއް މީހުންނަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ކަމެކެވެ. ގާނޫނީގޮތުން ނުވަތަ ފައިސާގެ ގޮތުން އަދި މައުލޫމާތުގެ ގޮތުންވެސް ބުލީ ކުރެއެވެ. މީގައި އެމީހަކަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބުލީގެ ޝިކާރައަަކަށް ވާ މީހާ އާ މެދުގައި ކުރެއެވެ.

އަނެކުންނާ ދިމާކޮށްގެން ނުވަތަ އެއްޗެހި ކިޔައިގެން ބުލީ ކުރުމަކީ އެންމެ އާއްމު ގޮތެއްގައި ކުރެވޭ އެއް ބުލީއެވެ. މީގެ ތެރޭގައި ދިމާކުރުމާއި ލަގުގަންނަވާލުން ވެސް ހިމެނެއެވެ. ބޭނުން ކުރެވޭ ބަސްމަގުގެ ސަބަބުން އަނެކުންނަށް އަމާޒު ވާ ބުލީ، ގިނަ ފަހަރަށް ދިގު މުއްދަތެއް ވަންދެން ހަނދާނުގައި ހަރުލާފައި ވެސް ހުރެއެވެ.

މަޖަލަކަށް ނަމަވެސް ކިޔަން މީހުން ހިތްހަމަ ނުޖެހޭ އެއްޗެހި ހުންނާނެއެވެ. އަދި މީހެއް ހުންނަ ގޮތާއި މޫނުގެ ކުލަވަރު ނުވަތަ މީހެއްގެ ޒާތީ ކަންކަމަށް ޖޯކު ޖަހައި މަލާމާތް ކުރުމަކީވެސް ބުލީ ކުރުމެވެ.

މި ފަހަކަށް އަހިސް ދަރިވަރުންނަށް ވެސް އެކަމަކާ ބެހޭގޮތުން މައުލޫމާތު ދެމުން އަންނަ އެއް ވައްތަރަކީ ސައިބާ ބުލީ އެވެ. އެއީ އިންޓަނެޓް މެދުވެރިކޮށް ނޭގނގި ތިބެ އެކަމުގެ ޝިކާރައަކަށް ކުރިން ވުމުގެ ފުރުސަތު އޮންނަ ކަމެކެވެ.

އަނެކުންނަށް ބުލީ ކޮށްލެވުން އެއީ މޮޅުކަމެއް ނޫނެވެ. އެއީ ދުރުވާން ޖެހޭ، ގޯސް ސިފައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް