އޭސީއެއް ވަގަށް ނެގި ދެ މީހުން ހޯދަނީ

އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި ދެމީހުންގެ ފޮޓޯ އާއި ވީޑިއޯ ވެސް ފުލުހުން ހިއްސާކޮށްފައި ވެއެވެ. ފުލުހުން ...

27 Jan 2021 | 07:21

އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި ދެމީހުންގެ ފޮޓޯ އާއި ވީޑިއޯ ވެސް ފުލުހުން ހިއްސާކޮށްފައި ވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއެެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައިހުރި އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންކަމަށެވެ.

https://twitter.com/PoliceMv/status/1354318777131753473

މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް