ރާއްޖެ ޓީވީގެ ޕްރޮގްރާމެއް ނަގަން ބޭނުން ކުރީ ސިފައިންނާއި އެމްއެންޑީއެފް ވެހިކަލްތަކެއް!

ރާއްޖެ ޓީވީން ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް "ސެލެބްރިޓީ ރޭސް" ގައި އެމްއެންޑީއެފް އުޅަނދުތަކާއި ސިފައިން ބޭނުން ކޮށްފައިވާތީ އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައ...

27 Jan 2021 | 07:20

ރާއްޖެ ޓީވީން ކުރިޔަށް އޮތް ރޯދަ މަހު ދެއްކުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް "ސެލެބްރިޓީ ރޭސް" ގައި އެމްއެންޑީއެފް އުޅަނދުތަކާއި ސިފައިން ބޭނުން ކޮށްފައިވާތީ އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

އެ ޕްރޮގްރާމް ޝޫޓްކޮށްފަައިވަނީ މިމަހުގެ 9-17 ވަނަ ދުވަހުގެ ނިޔަލަށް ދ. ގެމެންދޫ ފަޅުތެރޭގައި އޮންނަ ފަޅު ރަށްތަކުގައި އެވެ. އެތަނުގައި ނެގި ޕްރޮގްރާމްގެ މަންޒަރުތަކުގައި އެމްއެންޑީއެފް ހެލިކޮޕްޓަރާއި ކޯސްޓް ގާޑު އުޅަނދަކާއި ފަޔާ ލޯންޗެއްގެ އިތުރުން 50 ހާއި ގާތް ކުރާ އަދަދަކަށް ސިފައިން ބޭނުން ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. މި އުޅަނދުތަކާއި ސިފައިން ޓީވީ ޕްރޮގްރާމަކަށް ދޫކޮށްފައިވަނީ ވިޔަފާރީގެ އުސޫލުން ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލައިގަ އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ސަރުކާރަށް ފާޑުކިޔަން ފަށާފައި އެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްއެންޑީއެފްގެ އުޅަނދުތަކާއި ސިފައިން ރާއްޖެ ޓީވީއަށް ދޫކުރީ ކިހިނެތްކަން އެމްއެންޑީއެފް އާއި މިނިސްޓަރު މާރިޔާ ދީދީ ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

އޭނާ ވަނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ކޮރަޕްޝަންގެ އާ ވައްތަރެއްތޯ ސުވާލު ކުރެއްވި އެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ވަނީ އެއީ ރާއްޖެ ޓީވީގެ އަމިއްލަ މުދާތޯ ސުވާލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް