ދުވާފަރު މަގުތަކުގައި ތާރު އަޅާ ނިމިއްޖެ

ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައި ވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިއީ ދުވާފަރުގގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިގޮތުން...

27 Jan 2021 | 06:39

ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައި ވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިއީ ދުވާފަރުގގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިގޮތުން މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، އަދި މިހާރު ކުރިއަށްދަނީ  މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިންގ ނިޝާން ޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި، މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

ދުވާފަރުގައި ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން މަގުބައްތި އާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް  މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 12 ޖޫން 2019 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް