އަދާލަތުގެ އިންތިހާބާއި ގުޅޭ ދެ މުއްދަތެއް އަނެއްކާވެސް އިތުރު ކޮށްފި

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބާއި ގުޅޭ ދެ މުއްދަތެއް އަނެއްކާވެސް އިތުރު ކޮށްފި އެވެ. އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ...

27 Jan 2021 | 06:23

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބާއި ގުޅޭ ދެ މުއްދަތެއް އަނެއްކާވެސް އިތުރު ކޮށްފި އެވެ.

އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

އަލަށް މުއްދަތު އިތުރު ކޮށްފައިވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ރެޖިސްޓްރީވުމުގެ މުއްދަތާއި އީ ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތެވެ. އަދާލަތުން ބުނީ ވޯޓާސް ލިސްޓުގައި ނަން ހިމެނިފައިވޭތޯ ބެލުމަށް vote.adhaalath.org.mv ވަނުމަށް އެދޭ ކަމަށެވެ.

އަލަށް ގެނައި ބަދަލާއި އެކު ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންލައިންކޮށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ލިބޭނެ އެވެ.

އަދާލަތުން ބުނީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ލިބޭނީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ފޯނު ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 29 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ4:00 އަށް ވަނީ އިތުރުކޮށްފައި އެވެ.

އަދާލަތުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިނިސްޓަރު އިމްރާންގެ ރަނިން މޭޓަކަށް އަހުމަދު ޝަރީފު ހަމަޖައްސަވާފައިވާއިރު މިނިސްޓަރު ޑރ. ޒާހިރުުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އަހުމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް